ENGLISH
31 ޑިސެމްބަރު 2025
ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމަށް ޚާއްސަ ހަފްލާއެއް، ރައީސް ބައިވެރިވެވަޑައިގަންނަވާނެ
31 ޑިސެމްބަރު 2025
|
ރައީސް، ކޮންގްރެސް ޕާޓީގެ ބޮޑު ޖަލްސާގައި --
ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމަށް ބާއްވާ ޚާއްސަ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ، އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ހ. ވެޔޮވިލާގައި ޤާއިމުކޮށްފައިވާ ކޮންގްރެސްގެ އޮފީސް ހުޅުވުމަށް ޚާއްސަ ހަފްލާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ކޮންގްރެސް ޕާޓީން ބުނީ އެ ހަފްލާ އޮންނަނީ ޖަނަވަރީ 8 ވަނަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.
މި ޙަފްލާ ޝަރަފުވެރިކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ކޮންގްރެސް ޕާޓީން ވަނީ މި ހަފްލާގައި ބައިވެރިވުމަށް ޕާޓީގެ ހުރިހާ މެންބަރުންނަށް ދަޢުވަތު ދީފައެވެ. މިވަގުތު 70،000 ވުރެ ގިނަ މެންބަރުން ހިމެނޭ ކޮންގްރެސް ޕާޓީގެ އޮފީސް ޤާއިމު ކޮށްފައިވަނީ ޕާޓީގެ ހަރުގެއާ އިންވެގެންނެވެ.
އޮފީހުގެ އިތުރުން ހަރުގެ ވެސް މިހާރު ދަނީ އިތުރަށް މަރާމާތު ކުރަމުންނެވެ.
ކޮންގްރެސްގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕާޓީން ދަނީ ވަރަަށް ބޮޑަށް ތައްޔާރު ވަމުންނެވެ.