ENGLISH

31 ޑިސެމްބަރު 2025

Advertisement

ޚިދުމަތްތެރި ޝެއިޚަށް ސަރުކާރުން ގޮތެއް ހޯދައިދިނުން: އެތައް ބައެއްގެ ތަޢުރީފް

31 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރު ޝަހީމް، ޝައިޚް ނައިފަރީއާ ބައްދަލު ކުރެއްވުން —

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އައްޝައިޚް މުޙައްމަދު އިބްރާހިމްއާއި ބައްދަލުކުރައްވައިފި އެވެ.

އައްޝައިޚް މުޙައްމަދު އިބްރާހިމަށް މިހާރު ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡެއްގެ މަޤާމު ހަމަޖައްސަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދީނީ ދަޢުވަތު ފެތުރެއްވުމަށްޓަކައި ޝައިޚް މުޙައްމަދު އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްްކަތްޕުޅުތަކަށް ވަޒީރު ވަނީ ތަޢުރީފް ކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ޝައިޚް މުޙައްމަދު އިބްރާހިމް ވުޒާރާއާއި ގުޅިވަޑައިގެންނެވުމަކީ ވުޒާރާއާއި ދީނީ ދަޢުވަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ޝައިޚަށް ސިއްޙީ ބައެއް މައްސަލަތައް ދިމާވެ ލޮލުގެ ފެނުން ވެސް ވަނީ ގެއްލިފަ އެވެ. އެކަމުގެ ސަބަބުން ވަރަށް ޚިދުމަތްތެރި މި ޝެއިޚަށް ވަޒީފާ އަދާކުރުމަށް ހުރަސް އެޅުނެވެ. ޝެއިޚް ގެންދެވީ ނައިފަރުގެ މަދަރުސަތުލް އިފްތިތާޙްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންނެވެ. 

ލޮލުގެ ފެނުން މުޅީން ގެއްލުމުން މުސާރަ ނުލިބޭ ގޮތަށް ގޭގައި ހުންނަވާތާ އަހަރުތަކެއް ވީ އެވެ. ނަމަވެސް ދީނީ ކަންކަމުގައި ހަރަކާތްތެރިވުން ހުއްޓަވައެއް ނުލައްވަ އެވެ.

ޝެއިޚްގެ ޚިދުމަތް ފާހަގަކުރައްވާ ދައުލަތުން ގޮތްތަކެއް ހަމަޖައްސައިދޭން އެތައް ބަޔަކު ދިޔައީ އެދެމުންނެވެ. އަދި ސަރުކާރުގެ މި ނިންމުމާއެކު އެކަަމަށް އެތައް ބަޔަކު ދަނީ ތަޢުރީފު ކުރަމުންނެވެ.

ޝެއިޚް މިވަގުތު ގެންދަވަނީ އާންމުންގެ ދީލަތި އެހީގައި ލޮލުގެ ފަރުވާއަށް ބޭރަށް ފުރަން ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު