ENGLISH
31 ޑިސެމްބަރު 2025
އަންނަ އަހަރު ސިއްޙީ ދާއިރާއަށް މުހިންމު ކަންތައްތަކެއް ތަންފީޒު ކުރެވިގެންދާނެ: ވަޒީރު
31 ޑިސެމްބަރު 2025
|
މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ --
އަންނަ އަހަރަކީ ސިއްޙީ ދާއިރާއަށް މުހިންމު ކަންތައްތަކެއް ތަންފީޒު ކުރެވިގެންދާނެ އަހަރެއް ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ޖަނަވަރީ 1 2026 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އައު ޕްރޮގުރާމުތައް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވަމުންނެވެ.
މިއަދު އިފްތިތާޙުކުރި ކޮންމެ ކަމަކުން ވެސް ހާމަވަނީ އެކަން ކަމުގައި ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިއްޙީ ސިޔާސަތުގައި އެންމެ އިސްކަން އޮތް ދެ ސިޔާސަތަކީ "އެންމެންނަށް ސިއްހީ ފަރުވާ" އަދި "އެންމެ ބޭނުންވާ މީހާއަށް ސިއްހީ ފަރުވާ ލިބޭކަން ކަށަވަރު ކުރުން" ސިޔާސަތު ކަމަށެވެ.
މާދަމާ ފެށޭ 2026 ވަނަ އަހަރަކީ ސިއްޙީ ދާއިރާގެ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ އަހަރެއްކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ އަންނަ އަހަރު ގިނަ ކަންތައްތަކެއް ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ އައު އަހަރާއެކު ކޮންމެ ރައްޔިތަކުވެސް ސިއްހީ ގޮތުން އަމާޒެއް ކަނޑައެޅުއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ކޮންމެ މީހެއްގެ ސިއްހަތަކީ މުހިންމު އެއްޗެއްކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ އެއީ ދުޅަހެޔޮ މުޖްތަމަޢުއަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑުގެ މިއަދުގެ އިލްތިމާސް އަކީ އައު އަހަރަށް އަޒުމް ކަނޑައަޅުއްވާއިރު ސިއްހީ ކަންކަމުގެ ކޮންމެވެސް އެއް ކަަމަކަށް އަމާޒުކުރައްވައިގެން ކޮންމެ ރައްޔިތަކު މަސައްކަތް ކޮށްދެއްވާށޭ," ވަޒީރު ނާޒިމް ވިދާޅުވި އެވެ.