ENGLISH

26 ޑިސެމްބަރު 2025

Advertisement

އެންޓި-ސްކޭމް ސެންޓަރާއެކު ގެއްލޭ ފައިސާ ހޯދޭ މިންވަރަށް ބޮޑު ކުރިއެރުމެއް

25 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ސްކޭމް ސެންޓަރުން އަންނަނީ ސްކޭމްތަކުގައި ގެއްލޭ ފައިސާ ހޯދުމަށް ގިނަ މަސައްކަަތްތަކެއް ކުރަމުން

ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓުމެންޓުގެ ދަށުން ސްކޭމް ސެންޓަރެއް އުފެއްދުމާއެކު ސްކޭމުތަކުގައި ގެއްލޭ ފައިސާ ހޯދުމުގައި ބޮޑު ކުރިއެެރުމެއް ލިބިފައިވާކަމަށް އެ ސެންޓަރުން ބުނެފިއެވެ. 

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކާއި ތަހުގީގުކުރި ކޭސްތަކުގެ ތަފުސީލުތައް ހިއްސާކުރައްވަަމުން އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވެފައިވަނީ މި އަހަރުގެ މިހާތަނަށް އެ ސެންޓަރަށް 1،663 މައްސަލައެއް ހުށަހެޅުނު ކަމަށެވެ. 

އެ ސެންޓަރު ގާއިމުކުރުމުގެ ކުރިން 2021 ވަނަ އަހަރުން ފެށިގެން ސެންޓަރު ގާއިމުކުރުމާ ހަމައަށް  ރާއްޖޭގައި 1،000 އަށްވުރެ ގިނަ މީހުން ސްކޭމުގެ ޝިކާރައަށްވެ، 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމުތަކުގައި ގެއްލިގެންދިޔަ ކަމުގައި އެންޓި ސްކޭމް ސެންޓަރުން ބުނެފައިވެއެވެ. 

އެއިރު މައްސަލަތައް ހުށަހެޅުނު ނަމަވެސް ފުލުހުންގެ ހިދުމަތުގައި އެފަދަ މައްސަލަތަކެއް ތަހުގީގުކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުގެ ސަބަބުން ސްކޭމަރުންނާ ހަމައަށް ވާސިލުވެ، ސްކޭމު ހިންގާ މީހުން ދެނެގަތުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައި އޮތްކަމަށް ފުލުހުންގެ އިދާރާއިން ފާހަގަކުރިއެވެ. 

ސްކޭމް ސެންޓަރު ގާއިމުކުރެވުނުފަހުން ސްކޭމްތަކުގައި ގެއްލޭ ފައިސާ ވަންނަ އެކައުންޓުތައް ކޯޓު އަމުރަކާ ނުލައި ފްރީޒްކުރުމުގެ ކަންކަން ހަމަޖެހުނު ކަމަށާއި، 2،949 އެކައުންޓެއް 48 ގަޑިއިރަށް ބޭންކު އެކައުންޓު ހިފައްޓަން މަގުފަހިވި ކަމަށްވެސް އެ ސެންޓަރުން ބުނެފައިވެއެވެ. އަދި އެއިން 754 އެކައުންޓެއް ކޯޓު އަމުރުގެ ދަށުން އިތުރު މުއްދަތައް ފްރީޒްކުރެވިގެންދިޔަ ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ. 

އަދި ސްކޭމްް މައްސަލަތައް ތަހުގީގުކޮށް ހަ މައްސަލައެއްގަައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި، 662 މައްސަލައަކަށް ހައްލު ހޯދައިދެވުނު ކަމުގައިވެސް އެ ސެންޓަރުން ބުނެފައިވެއެވެ.  

ފުލުހުން ބުނެފައިވާ ގޮތުގައި ސްކޭމުގެ 12 ބާވަތެއްގެ މައްސަލަވަނީ ފާހަގަކުރެވިފައެވެ. އެއީ: 

  • ކާކު ކަން ނޭނގޭ ގޮތަށް އިމްޕާސަނޭޓުކުރި 242 ސްކޭމް ކުރި
  • ގުޅައިގެން 95 މައްސަލަ
  • އިންވެސްޓުމަންޓް ސްކޭމްގެ 55 މައްސަލަ
  • ލިންކު މެދުވެރިކޮށް 37 ސްކޭމެއް
  • ލޯބީގެ ގުޅުމެއް އުފައްދައިގެން 16 ސްކޭމް ކުރި
  • ވަޒީފާގެ ފުރުސަތު އޮފާކޮށްގެން ހަތަރު ސްކޭމް ކުރި
  • އައިޑެންޓިޓީ ސްކޭމްގެ ހަތަރު މައްސަލަ
  • ބިޒްނަސް އީމެއިލްގެ ކޮމްޕްރޮމައިޒްގެ ސްކޭމެއް

އޭގެ އިތުރަށް ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން ހިންގި 16 ސްކޭމެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. 

އެ ސެންޓަރުން ހާމަކުރި ގޮތުގައި ސްކޭމުތަކުގެ ތެރެއިން ގެއްލުނު ފައިސާގެ 37 އިންސައްތަ ފައިސާ އަނބުރާ ހޯދައިދެވިފައިވެއެވެ. ސެންޓަރު ގާއިމުކުރުމުގެ ކުރިން ފުލުހުންނަށް ހޯދައިދެވިފައިވަނީ ގެއްލުނު ފައިސާގެ އެންމެ ދެ އިންސައްތައެވެ. 

މި ނަތީޖާއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންޓީ ސްކޭމް ސެންޓަރުތަކުން ނެރެފައިވާ ނަތީޖާތަކާ އަޅާބަލާއިރު ވަރަށް ރަނގަޅު ނަތީޖާއެއްކަން އެ ސެންޓަރުން ފާހަގަކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު