ENGLISH

25 ޑިސެމްބަރު 2025

Advertisement

ދިރާސީ އަހަރު ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެ

25 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

އިމާދުއްދީން ސްކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ: ޕީއެސްއެމް

ދިރާސީ އަހަރު ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެއެވެ. 

މިއަދަކީ މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ރިޕޯޓް ފޮތް ދޫކުރި ދުވަހެވެ. މުޅި ރާއްޖޭގައި ރިޕޯޓް ފޮތް ދޫކުރިއިރު، ގިނަ ސްކޫލްތަކުގައި ވަނީ ކުލަގަދަކޮށް އެކަން ފާހަގަކޮށްފައެވެ. 

ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ދަރިވަރުންނަށް އެ ލިބުނީ ބޮޑު މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ ވެރިކަމުގައި ދިރާސީ އަހަރުގެ ކަލަންޑަރަށް ގެނައި ބަދަލާއެކު ބޮޑު ޗުއްޓީ ލައްވާލީ އަހަރުގެ މެދުތެރެއަށެވެ. އެހެންނަމަވެސް، ބެލެނިވެރިންގެ އެދުމާއި ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަކީ ބޮޑު ޗުއްޓީ އަހަރުގެ ފަހުކޮޅަށް ބަދަލުކުރުން ކަމަށް ވާތީ، މި ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ދިރާސީ އަހަރު ފެށޭ ދުވަސްވަރު ބަދަލުކޮށްފައެވެ. 

މިއަހަރުގެ ދިރާސީ އަހަރު ފެށުނީ އެޕްރީލް 7 ވަނަ ދުވަހު އެވެ. މިއަހަރު 217 ސްކޫލުގައި 84،000 އެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލްކުރިއެވެ. 

އާ ބަދަލާއެކު އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ 2026 ޖަނަވަރީ 27 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމުގެ މިޑް ބްރޭކް ދަރިވަރުންނަށް ލިބޭނީ މެއި 24 އިން މެއި 30 އަށެވެ. ފުރަތަމަ ޓާމަށް ފަހު ދަރިވަރުންނަށް ޗުއްޓީ ލިބޭނީ އޮގަސްޓް 17 ވަނަ ދުވަހު އެވެ. 

ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓް 2 ވަނަ ދުވަހު ފަށާއިރު، އަންނަ އަހަރުގެ ބޮޑު ޗުއްޓީ ފަށާނީ ޑިސެމްބަރު 18 ގައެވެ. 

ޗުއްޓީތަކުގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގައި ސްކޫލްތައް ބަންދުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު