ENGLISH

26 ޑިސެމްބަރު 2025

Advertisement

ތުޅާދޫގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ރޭނުމުގެ މަސައްކަތް ނިމުމާގާތަށް

25 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ތުޅާދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

އަތޮޅުތެރޭގެ ސިއްހީ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބ. ތުޅާދޫގައި ތަރައްޤީކުރަމުން އަންނަ 30 އެނދުގެ ހޮސްޕިޓަލްގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ މަސައްކަތް ނިމެމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސިސީން ބުނީ ފުރަތަމަ ފަންގިފިލާ ރޭނުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ގްރައުންޑް ފްލޯގެ ސްލެބްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތުގެ ވެސް 90 އިންސައްތަ ނިމިފައިވާ ކަމަށެވެ.

ތުޅާދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 123 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

ތުޅާދޫގައި މިހާރު ސިއްހީ ހިދުމަތް ދެމުން އަންނަނީ ސިއްޙީ މަރުކަޒަކުންނެވެ. އެމަރުކަޒަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންގެހުމަކީ ޖާގައިގެ ދަތިކަން ކަން އެރަށުގެ ރައްޔިތުން ފާހަގަކުރެ އެވެ.

އައު ހޮސްޕިޓަލްއާއެކު މި މައްސަލައަށް ހައްލެއް ލިބި އެރަށުގައި ފޯރުކޮށްދެމުން އަންނަ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ އެވެ. ހަމަމިއާއެކު އެރަށުގެ ރައްޔިތުން ސިއްޙީ ފަރުވާއަށް، އަތޮޅުގެ އެހެން ރަށްރަށަށާއި މާލެއަށް ކުރަމުންއައި ދަތުރުތައް ނިމުމަކަށް އަންނާނެ އެވެ. އެހެންކަމުން އައު ހޮސްޕިޓަލަކީ ތުޅާދޫގެ ރައްޔިތުންގެ އުއްމީދާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު