ENGLISH

25 ޑިސެމްބަރު 2025

Advertisement

އުކުޅަހު ފުލުހުންގެ މަރުކަޒުގެ ޖަލު ގޮޅިތައް އަޅާ ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރިއަށް

25 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

އުކުޅަހު ފުލުހުންގެ އިދާރާގެ މަސައްކަތް -- ފޮޓޯ: އެމްޓީސީސީ

އއ. އުކުޅަހުގައި އިމާރާތްކުރާ ފުހުންގެ އިމާރާތުގައި ގާއިމުކުރާ ޖަލު ގޮޅިތައް ހުންނަ ސަރަހައްދު ކޮނުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. 

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޖަލު ގޮޅިތައް ހުންނަ ސަރަހައްދު ކޮނުމާއި، ވެލިގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ޓައި ބީމް ޖެހުމުގެ މަސައްކަތަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. 

މި މަޝްރޫޢުގެ ދަށުން، 5200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބިންގަނޑާއި ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއި، ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 

މި މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 7.11 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމާގޮތަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ސަރުކާރުން މިހާރު އަންނަނީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އޭގެތެރޭގައި، ފުލުހުންގެ މަރުކަޒުތައް މަރާމާތު ކުރުމާއި، ފުލުހުންގެ ޕޯސްޓުތައް ޤާއިމުކުރުމާއި، ފުލުހުންގެ އާ މަރުކަޒުތައް އެޅުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު