ENGLISH

24 ޑިސެމްބަރު 2025

Advertisement

ރައީސްގެ ނިންމެވުމާއި އެއްގޮތަށް މުދަލާގުޅޭގޮތުން ކަސްޓަމުންދޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފި

24 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ބިލްޑިންގ --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް, މުދަލާގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް އިންދޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.

ކަސްޓަމްސް އިން ވަނީ އެކަން މިއަދު އިއުލާނުކޮށްފަ އެވެ. ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެމަގުން އަންނަ މުދަލާގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި ގުޅިގެން މުހިންމު ދެ ބަދަލެއް ގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މި މަހުގެ 18 ވަނަ ދުވަހު ވިޔަފާރިވެރީންނާއެކު ބޭއްވެވި ބައްދަލްކުރެއްވުމުގަ އެވެ.

އެ ބައްދަލްވުމުގައި ރައީސް ވަނީ މުދާ ކުލިއާ ކުރަން ފްރީކޮށް ހަމަޖެހިފައި އޮންނަ ވަގުތު އިތުރުކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. މީގެ އިތުރުން ކްލިއަރެންސް މަަސައްކަތް ސައުވީސް ގަޑިއިރަށް ބަދަލު ކުރައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ.

"މި 80 ގަޑިއިރު 124 ގަޑިއިރަށް އިރާދަކުރެެއްވިއްޔާ, ޑެމެރެޖް ނާރާ ގޮތަށް އިތުރުކޮށްދޭނެ. އަދި ކަސްޓަމާއި އެމްއޭސީއެލް ގުޅިގެން ކްލިއަރެންސް މަަސައްކަތަށް މި އޮންނަނީ 18 ގަޑިއިރާއި 30 މިނެޓް. އެގޮތަށް އޮތުމުގެ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދޭނަން އިރާދަކުރެއްވިއްޔާ," ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު