ENGLISH
24 ޑިސެމްބަރު 2025
އަންބާރާ ކައިރި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ
24 ޑިސެމްބަރު 2025
|
އަލިފާން ރޯވި ސަފާރީ... ފޮޓޯ: އެމްއެންޑީއެފް
ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް "ޔަސާވާ ޕްރިންސެސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު 17:54 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެންގޮސްފަ އެވެ.
ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިންނެވެ. ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެން އަދި 12 އަންހެނުން. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިން އަދި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެކެވެ.
ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.