ENGLISH

24 ޑިސެމްބަރު 2025

Advertisement

ހަތް ގެއެއް ބަލާ ފާސްކޮށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހަކު ހައްޔަރު ކޮށްފި

24 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ތުހުމަތުގައި ހައްޔަރުކުރި މީހުން --

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފި އެވެ.

މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި  މި އޮޕަރޭޝަންތަކުގައި މާލޭގެ ހަތް އެޕާޓްމަންޓް ބަލައިފާސްކޮށްފައިވެ އެވެ.

މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ:

  • މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން (48އ)
  • ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ ޢަބްދުއްލަޠީފް (54އ)
  • މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ)
  • ހ. ހުދުކެލާ / މާލެ، އިސްމާޢީލް ރަޝީދު (53އ)
  • މ. ރަނިކަ / މާލެ، ޙަސަން ޙަލީމް (42އ)
  • މ. ރަނިކަ / މާލެ، އާޝިޔާ ޙަލީމް (51އ)
  • މއ. އައިރީ / މާލެ، ޢަލީ އީވާން (43އ)
  • ގދ. ގައްދޫ، ޢާއިޝަތު ނަޘުމާ (44އ)

މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) ފަސް ދުވަހަށް އަދި ދެންތިބި ހަތް މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. 

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު