ENGLISH

24 ޑިސެމްބަރު 2025

Advertisement

އެއާޕޯޓްތަކުގެ ބަދަލުގައި ރަށްރަށުގައި އެއާ ސްޓްރިޕް ހަދަން މަޝްވަރާކުރަނީ

24 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ބައްދަލްވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --

ގިނަ އެއާޕޯޓްތަކެއް އެޅުމުގެ ބަދަލުގައި ރަށްރަށުގައި އެއާ ސްޓްރިޕް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާރުވެސް 20 އެއާޕޯޓް އެބަ އޮތެވެ. އެއާޕޯޓްތައް ހިންގަން ބޮޑު ޚަރަދެއް ކުރަން ޖެހެ އެވެ. ގިނަ ޑޮމެސްޓިކް އެއާޕޯޓްތައް މިހާރު ވެސް ހިންގަނީ ގެއްލުމުގަ އެވެ.

"ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ބައެއް ޒުވާނުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޒުވާނުންގެ އެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ވިދާޅުވީ އެއީ އެމަނިކުފާނުވެސް ވިސްނަވާ ކަމެއް ކަމަށެވެ.

ނަމަވެސް ސީޕްލޭންގެ އޮޕަރޭޝަނަކީ ރޭގަނޑު ހިންގޭ އޮޕަރޭޝަނަކަށް ނުވުމުން އެކަމަށް އިތުރު ޙައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެކަމާއިމެދު ވާހަކަ ދެކެވި މިހާރުވެސް މަޝްވަރާކުރެވިފައިވާ ކަމަށާ އެ ގޮތުން ރަށްރަށުގައި ކުދި ބޯޓް ފަހަރު ޖެއްސޭ ގޮތަށް 600 މީޓަރުގެ އެއާ ސްޓްރިޕެއް ހެދުމުގެ ޚިޔާލު އެބައޮތް ކަމަށް ވިދާޅުވި އެވެ.

"އޭރުން ނުޖެހޭ އެއާޕޯޓް ހަދާކަށް. އޭރުން ވަރަށް ގިނަ ރަށްތަކުގައި މަތީން ގޮސް ޖައްސަންވީ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަން ކުރެވިއްޖެނަމަ ސީޕްލޭންފަދަ ކުދި ބޯޓްތަކުގައި ފުރޮޅު ހަރުކޮށް ޖެއްސޭނެ އިންތިޒާމު ހަމަޖެހުމުން ޚަރަދު ކުޑަކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު