ENGLISH

21 މާރިޗު 2026

Advertisement

އައްޑޫއާ މާލޭގައި ރޭސިން ޓްރެކް އަޅަނީ

24 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ހަރަކާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

މާލެ ސިޓީއާ އައްޑޫ ސިޓީގައި ރޭސިން ޓްރެކް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީއާ އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް އަޅުއްވާނެ ކަމަށެވެ. 

އެގޮތުން މާލެ ސަރަޙައްދުގައި ރޭސިން ޓްރެކް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

"މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އަޅުގަނޑުމެން ބަލާފައި އެންމެ ފީސިބަލް ތަނަކަށް މި ނިންމީ މާލޭން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމުކުރުން," ރައީސް މިރޭ ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ރޭސިންއަށް ފުރުސަތު އޮތްއިރު އެކްސިޑެންޓްތައް އިތުރުވި ކަމަށެވެ. އަދި ރައްޔިތުންނަށްވެސް އެކަމުގެ އުނދަގޫ އޮތް ކަމަށެވެ. އެހެން ކަމުން ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމު ކުރަން ނިންމީ ޓެކްނިކަލް ލަފާ އެގޮތަށް ލިބުމުން ކަމަށެވެ.

އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަަމަށާ މަސައްކަތް ކުރައްވަނީ ބޭރުގެ ފަންޑަކުން އެ ޕްރޮޖެކްޓް ކުރިއަށް ގެންދަވަން ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު