ENGLISH
24 ޑިސެމްބަރު 2025
ސަލްޓަން ޕާކު ތަރައްގީކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އާރްޑީސީގެ އިސްވެރިން ބައްލަވާލައްވައިފި
23 ޑިސެމްބަރު 2025
|
ސަލްޓަން ޕާކު ތަރައްގީކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތައް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމް އަދި އިސްވެރިން ބައްލަވާލައްވައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އާރްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
އެގޮތުން، ސަލްޓަން ޕާކުގައި މަރާމާތުތަކެއްގެ މަސައްކަތް ކުރަން ޖެހޭތީ އެ ތަން އަލުން ތަރައްގީ ކުރުމަށް ބަންދުކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
ޒަމާނީ ފެންވަރަށް ސަލްޓަން ޕާކު އަލުން ތަރައްގީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.
ފަހުގެ ޓެކޮނޮލޮޖީއާއި، ކުޅިވަރުގެ އިތުރު ވަސީލަތްތަކާއެކު ސަލްޓަންޕާކު އަލުން ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިއަހަރުގެ ފެބްރުއަރީމަހު ޢިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސަލްޓަން ޕާކު މިހާރު ފެންނަން އޮތްގޮތަށް ތަރައްގީކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި އޭރު އެތަން ހުޅުވިއިރު، ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.