ENGLISH

16 އޭޕްރީލު 2025

Advertisement

ގޯލްޑް ކަޕް: ގުރައިދޫ، ކުރެންދޫ އަދި ނައިފަރު ދެވަނަ ބުރަށް

04 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ކުރެންދޫ އާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އަބްދުﷲ އަބީދު

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުން ކ. ގުރައިދޫ، ޅ. ކުރެންދޫ އާއި ޅ. ނައިފަރު މިރޭ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ޑީ ގައި މިރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ބ. ކެންދޫ އަތުން 2-1 އިން ޅ. ނައިފަރު ވަނީ މޮޅުވެފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ކެންދޫން ލީޑު ނެގީ މަލްސޫން ޔާމީން އެވެ. އޭގެފަހުން، މެޗުގެ 19 ވަނަ މިނެޓުގައި ނައިފަރަށް އެއްވަރުކޮށްދިނީ އިމްރާން އެވެ. މި މެޗުން ނައިފަރު މޮޅުކޮށްދިން ލަނޑު، 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އިމްރާން އެވެ.

ގޯލްޑް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގްރޫޕް ސީގައި ހިމެނޭ ދެ ޓީމުގެ ކުރިމަތިލުމުގައި ގުރައިދޫ އަތުން ކުރެންދޫ މޮޅުވީ 1-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 67 ވަނަ މިނެޓުގައި ކުރެންދޫ އަށް ކާމިޔާބުކޮށްދިނީ ޖޯޑީ އެވެ.

މި މެޗުން ކުރެންދޫ މޮޅުވުމާއެކު ގްރޫޕް ސީ ގައި ހިމެނޭ ކ. ހުރާ ވަނީ މުބާރާތުން ކަޓައިފައެވެ. 

މި ގްރޫޕުގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ އައްޑޫ ސިޓީގެ އިތުރުން ގުރައިދޫ އާއި ކުރެންދޫ އެވެ.

ކިޔުންތެރިންގެ ހިޔާލު