ENGLISH
19 އޭޕްރީލު 2025
ޤައުމީ ކެރަމް ރޭންކިންގެ އެއްވަނަ މަގާމު މި ފަހަރުވެސް ހުޖާން އަށް
16 އޭޕްރީލު 2025
|
އެންމެ ފަހުގެ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުޖާން ކުޅެނީ. --ފޮޓޯ: ސީއޭއެމް
ކެރަމް ޤައުމީ ޓީމުގެ އަހަރުގެ ދެވަނަ ސިލެކްޝަނުގައި ވެސް ރޭންކިންގެ އެއްވަނަ މަޤާމު އިބްރާހިމް ހުޖާން އަލީ ހޯދައިފި އެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ކެރަމް ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރި ހުޖާން ވަނީ، މިދިޔަ ޖަނަވަރީ މަހު ކުރިއަށްދިޔަ މި އަހަރުގެ ފުރަތަމަ ސިލެކްޝަނުގައި ވެސް އެއްވަނަ މަޤާމު ހާސިލްކޮށްފައެވެ.
ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ ސިލެކްޝަންގައި ހުޖާން ވަނީ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގެ ފައިނަލުގައި އިސްމާއިލް އަޒްމީން ބަލިކޮށްފަ އެވެ.
މި ފަހަރުގެ ސިލެކްޝަންގެ އަންހެން ޑިވިޝަނުގެ އެއްވަނަ ރޭންކިންގ ހާސިލްކުރީ އައިޝަތު ނަހުފާ އެވެ. ނަހުފާ ވަނީ ފުރަތަމަ ބުރުގެ ފައިނަލުގައި އައިމިނަތު ވިދާދް އަތުން މޮޅުވެފައެވެ.
ސިލެކްޝަނުގައި އެންމެ ފަހުން ކުޅުނު ދެވަނަ އަދި ތިންވަނަ ބުރުގެ މެޗުތަކަށްފަހު، ހަސަން ނާޒިމް (ނާނަ) އާއި އަޒްމީން ވަނީ ގައުމީ ޓީމުން ޖާގަ ހޯދައިފައެވެ. އަންހެން ޑިވިޝަނުގެ އެންމެ ފަހުގެ މެޗުތަކަށްފަހު އައިމިނަތު ވިދާދް އާއި އާމިނަތު ޝުބާ އާދަމް ވަނީ ގައުމީ ޓީމުން ޖާގަ ހޯދާފައެވެ.