ENGLISH

23 ޑިސެމްބަރު 2025

Advertisement

ތުލުސްދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފި

23 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

ކ. ތުލުސްދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަން އަޅަނީ -- ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކ. ތުލުސްދޫގައި އިމާރާތްކުރަމުންދާ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ފަށައިފިއެވެ.

އެމްޓީސީސީއިން ބުނީ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޓައި ބީމް ކޮންކްރީޓު މަސައްކަތާއި ފުޓިންގ އަދި ކޮލަމް ރީއިންފޯސްމެންޓް ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ ދަށުން ދަގަނޑު ފްރޭމްވޯކު ނުވަތަ ރީއިންފޯސްމެންޓް އަދި ބޭސް ސްޓްރަކްޗަރެއް ބިނާކުރާނެއެވެ. އެއަށްފަހު ކޮންކްރީޓު ބިންގާ އެޅުމުގެ މަސައްކަތް ކުރާނެއެވެ. 

ތުލުސްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ. 

މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލް އިމާރާތް ކުރުމުގެ އިތުރަށް، 1،729 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގައި ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރި އާއި، ޕްރައިވެޓް ރޫމްތަކާއި، މެޑިކަލް ވޯޑްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޮޕަރޭޝަން ތިއޭޓަރަކާއި، ލެބޯރެޓަރީއަކާއި، އެކްސްރޭ ކޮޓަރިއަކާއި، ވިއްސާ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 101.71 މިލިއަން ރުފިޔާއަށެވެ. 

ކިޔުންތެރިންގެ ހިޔާލު