ENGLISH

23 ޑިސެމްބަރު 2025

Advertisement

އާރްޑީސީގެ ޚިދުމަތްތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

23 ޑިސެމްބަރު 2025

|

މުޙައްމަދު ސަދާދު

މާލޭގެ އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން - ފޮޓޯ: އާރްޑީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލައިފިއެވެ.

ޚިދުމަތްތަކާ މެދު ރައްޔިތުން ދެކޭ ގޮތާއި މަޝްވަރާގެ އަލީގައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަންވީ ދާއިރާތައް ދެނެގަނެ، ފެންވަރު ރަނގަޅުކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އާރްޑީސީ އިން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ. މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ފީޑްބެކް ފޯމު އެ ޕޯސްޓާއެކު ހިއްސާކޮށްފައިވާއިރު، ފޯމު މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހިއްސާކުރުމަށް ދައުވަތު އަރުވާކަމުގައި ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މަގު ހެދުމާއި އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ތަރައްޤީ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2019 ވަނަ އަހަރު އުފައްދާފައިވާ އާރްޑީސީގެ ދައުރު މިސަރުކާރުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެރޮނގުން، މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު