ENGLISH

21 މާރިޗު 2026

Advertisement

ކޮންގްރެސްގެ ކައުންސިލް ޕްރައިމަރީ: 308 ކެންޑިޑޭޓުން, ގިނަ ރަށްތަކެއްގައި ޕްރައިމަރީ އޮންނާނެ

22 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ކޮންގްރެސް ޕާޓީން ބޭއްވި ބޮޑު އެއްވުން --

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބާއި ދިމާކޮށް ޕްރައިމަރީ ބާއްވާ ތަންތަނާއި ވާދަކުރާ ކެންޑިޑޭޓުން އާންމުކޮށްފި އެވެ.

މިރޭ އެ ޕާޓީން ބުނީ ކޮންގްރެސްގެ ޕްރައިމަރީގައި ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅާނެ ކަމަށެވެ. ޕްރައިމަރީގައި 308 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް 183 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 121 ކެންޑިޑޭޓުންނެވެ. ގިނަ ރަށްތަކެއްގައި ޕްރައިމަރީ އޮވެ އެވެ.

ސިޓީތަކުގެ ތެރެއިން ޕްރައިމަރީ އޮންނަނީ އައްޑޫ ސިޓީގެ މޭޔަރަކަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަން ޓިކެޓަށް އެދި ދެ ކެންޑިޑޭޓަކު ކުރިމަތިލާފައިވެ އެވެ. އައްޑޫގެ ރަށު ކައުންސިލްތަކަށް ބޮޑު ވާދައެއް އެބަ އޮތެވެ. ގިނަ ދާއިރާތަކެއްގައި ޕްރައިމަރީ އެބަ އޮތެވެ.

ކޮންގްރެސް ޕާޓީން ބުނީ ޕްރައިމަރީއަކާ ނުލާ ހޮވިފައިވާ ކެންޑިޑޭޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބީ ދާއިރާތަކުގެ ޕާޓީގެ މެންބަރުންގެ ލިސްޓް (ވޯޓާސް ލިސްޓް) ޕާޓީގެ ޕޯޓަލް މެދުވެރިކޮށް އެ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އަދި ޕްރައިމަރީއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ޕާޓީގެ އޮފީހަށް ފޮނުވަން ވަނީ އެދިފަ އެވެ. ޝަކުވާ ހުށައެޅުމަށް ޚާއްސަކޮށްފައިވާ ނަންބަރަކީ 9323686 އެވެ. ކޮންގްރެސް ޕާޓީން ވަނީ އެ ނަންބަރަށް ވައިބަރު ނުވަތަ ވަޓްސްއެޕް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު