ENGLISH

22 ޑިސެމްބަރު 2025

Advertisement

ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައިނުސާފް ވެއްޖެ

22 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މާލެ ސަރަޙައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައި -- ފޮޓޯ: މިހާރު

ސިއްޙަތަށް ނުރައްކާވާ މިންވަރަށް ބައެއް ސަރަޙައްދުތަކަށް ވައިނުސާފް ވެއްޖެ އެވެ.

ހެލްތު ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ވައި ސާފު މިންވަރު ހުންނަ މިންވަރު އަންގައިދޭ މިންގަނޑަށް ބަލާއިރު ބައެއް ސަރަޙައްދުތަކުގެ ވައި ވަނީ ނުސާފުވެފަ އެވެ.

އެގޮތުން ވިލިމާލެ އާއި ދ. ކުޑަހުވަދޫ ހިމެނޭ ސަރަހައްދުގެ ވައިނުސާފްކަން ހުރީ އާންމު ސިއްހަތަށް ނުރައްކާވާ މިންގަނޑަކަށެވެ. އެޗްޕީއޭއިން ވަނީ އެ ސަރަޙައްދުތަކަށް ރެޑް އެލާޓް ނެރެފަ އެވެ. 

އެޗްޕީއޭ އިން ބުނި ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 170 ގަ އެވެ. ކުޑަހުވަދޫ ހިމެނޭ ސަރަޙައްދުގެ މިންގަނޑު ހުރީ 165 ގަ އެވެ. ވައި ނުސާފް މިންގަނޑު 200-150 އަށް އަރައިފިނަމަ އެއީ ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާތެރިކަން އެންމެންނަށް ވެސް އޮތް ޙާލަތެކެވެ.

މީގެ އިތުރުން ށ. ފުނަދޫ އާއި ލ.ގަން އަދި އައްޑޫސިޓީގެ ވައިގެ ކޮލިޓީ ހުރީ މެދުމިނެއްގަ އެވެ. އެއީ އެލާޓް ލެވެލް ރިނދޫ އެވެ. އެހެން ކަމުން ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު، އަދި ނާޒުކު ހާލުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުވާން ޖެހެ އެވެ.

އާންމުކޮށް އިރުވައި މޫސުމުން ފެށޭ މި ދުވަސްވަރު ރާއްޖޭގެ ޚާއްސަކޮށް މާލެ ސަރަޙައްދުގެ ވައި ނުސާފުވުމުގެ މައްސަލަ ދިމާވެ އެވެ. ނަމަވެސް މި ފަހުން ކޮންމެ އަހަރަކު އެ ހާލަތު ދަނީ އިތުރުވެ ބޮޑުވަމުންނެވެ. މިއީ މި ފަހުން އެންމެ ބޮޑަށް ވައި ނުސާފުވި ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު