ENGLISH
22 ޑިސެމްބަރު 2025
ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައިފި
22 ޑިސެމްބަރު 2025
|
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ 3 އަހަރުގެ ސްޕޮންސަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެގްރީމެންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ތާރިޤްއެވެ.
"އެފްއޭއެމް އާއެކު ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރާއްޖޭގެ ގައުމީ ޓީމުތަކުގެ ރަސްމީ ސްޕޮންސަރއަށް ގައުމީ ބެންކު ހަމަޖެހިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. ގައުމީ ފުޓްބޯޅަ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓްބޯޅައިން އުއްމީދީ ތަސައްވުރެއް ގެނެސްދިނުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިޤް ވިދާޅުވީ، ބީއެމްއެލް އިން އެފްއޭއެމް އާއެކު ޕާޓްނަރޝިޕެއް ގާއިމުކުރަން ނިންމުމަކީ، އެފްއޭއެމްއަށާއި ދިވެހި ފުޓްބޯޅަ އާލާކުރުމަށް އެ އެ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ބޭންކުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"މި ޕާޓްނަރޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން، މުޅި ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ." ޠާރިޤު ވިދާޅުވިއެވެ.
މި ޕާޓްނަރޝިޕްގެ ދަށުން ބީއެމްއެލްއަކީ ގައުމީ ފިރިހެން، އަންހެން، އަދި ޔޫތު ފުޓްބޯޅަ ޓީމްތަކުގެ އެކްސްކްލޫސިވް ސްޕޮންސަރއެވެ.
ބީއެމްއެލްއަކީ ފުޓްބޯޅައަށް އަބަދުވެސް އެހީތެރިވެދީ ގިނަ އަހަރުތަކެއްގައި ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސަރކޮށްދީފައިވާ ބެންކެކެވެ.