ENGLISH

22 ޑިސެމްބަރު 2025

Advertisement

މި މަހު މަސްވެރިންނަށް 58 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

22 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

މި މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 58 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝިންގ ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯ އިން އަންނަނީ ކޮންމެ ދުވަހަކު އެ ކުންފުނިން މަސްވެރިންނަށް ދޫކުރަމުންދާ ފައިސާގެ ތަފްސީލުތައް މީޑިޔާއާ ހިއްސާކުރަމުންނެވެ.

އެގޮތުން، މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް 58،686،147ރ. (ފަންސާސް އަށްމިލިއަން ހަލައްކަ އަށްޑިހަ ހަހާސް އެއްސަތޭކަ ސާޅީސް ހަތް ރުފިޔާ) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.

މި މަހު މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލު:

1 ޑިސެންބަރު:  2.3 މިލިއަން ރުފިޔާ

2 ޑިސެންބަރު:  2.6 މިލިއަން ރުފިޔާ

3 ޑިސެންބަރު:  2.5 މިލިއަން ރުފިޔާ

4 ޑިސެންބަރު:  3.8 މިލިއަން ރުފިޔާ

5 ޑިސެންބަރު:  4 މިލިއަން ރުފިޔާ

6 ޑިސެންބަރު:  5.6 މިލިއަން ރުފިޔާ

8 ޑިސެންބަރު:  3.5 މިލިއަން ރުފިޔާ

9 ޑިސެންބަރު:  2.7 މިލިއަން ރުފިޔާ

11 ޑިސެންބަރު:  3.9 މިލިއަން ރުފިޔާ

12 ޑިސެންބަރު:  2.9 މިލިއަން ރުފިޔާ

13 ޑިސެންބަރު:  6 މިލިއަން ރުފިޔާ

15 ޑިސެންބަރު  4.2 މިލިއަން ރުފިޔާ

16 ޑިސެންބަރު:  4.3 މިލިއަން ރުފިޔާ

18 ޑިސެންބަރު:  2.6 މިލިއަން ރުފިޔާ

20 ޑިސެންބަރު:  4.2 މިލިއަން ރުފިޔާ

22 ޑިސެންބަރު:  2.4 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ.  އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ. 

އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު