ENGLISH
27 ޑިސެމްބަރު 2025
މާފަރުގައި ތަރައްގީކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަދާހަމަ އެމްޓީސީސީން ހިއްސާކޮށްފި
22 ޑިސެމްބަރު 2025
|
ނ. މާފަރުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތަކުގެ އަދާހަމަ އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ، މާފަރުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެފްއާރްސީގެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކުރިއަށްދަނީ ފުރާޅުގެ ބީމްތަކުގެ މަސައްކަތް ކަމަށެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ މާރިޗް މަހުގައި 4.1 މިލިއަން ރުފިޔާ އަށެވެ.
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ، ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަގުސަދުގައި ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ މަޝްރޫޢުތައް ހިންގަމުންނެވެ.
ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.