ENGLISH

22 ޑިސެމްބަރު 2025

Advertisement

ނެޝަނަލް ސްޓޭޑިއަމް ހުޅުމާލޭގައި އަޅަނީ، އިތުރު ދެ ސްޕޯޓްސް ކޮމްޕެލްސްވެސް އަޅާނެ

22 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ބައްދަލްވުމުގައި ރައީސް ވާހަކަފުޅު ދައްކަަވަނީ --

ނެޝަނަލް ސްޓޭޑިއަމް ހުޅުމާލޭގައި އަޅާ ހުޅުމާލެ ދެ ފިޔަވަހީގައި ސްޕޯޓްސް ކޮމްޕެލްސް އިމާރާތް ކުރައްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ކުޅިވަރުގެ ދާއިރާއިން ހުޅުމާލެއަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ރައީސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގައި ސްޕޯޓްސް ކޮމްޕެލްސް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގައި ސްޕޯޓްސް ކޮމްޕެލްސް ތަރައްޤީ ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ނެޝަނަލް ސްޓޭޑިއަމް ވެސް އަޅާނީ ހުޅުމާލޭގައި ކަމަށެވެ.

އެކަމަށް ޚާއްސަކޮށް ބިން ވެސް ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތް އޮތީ ވަރަށް އެޑްވާންސް ސްޓޭޖްގައި ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއުއަށް ބޭރު ގައުމެއްގެ އެހީ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު