ENGLISH
21 ޑިސެމްބަރު 2025
ވީއައިއޭގެ އާ ޓާމިނަލުން އިޓަލީގެ ގައުމީ އެއާލައިނަށް ޚިދުމަތް ދޭން ފަށައިފި
21 ޑިސެމްބަރު 2025
|
ވީއައިއޭ ޓާމިނަލް އެކަކުން އައިޓީއޭއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އިން އިޓަލީގެ ގައުމީ އެއާލައިންއެއް ކަމަށްވާ، އައިޓީއޭ އެއާވޭސްއަށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް 1 އިން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމް އެވެ.
ވީއައިއޭ ޓާމިނަލް އެކަކުން އައިޓީއޭއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް
ރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރ، ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާލައިނުން ފުރި 60 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތަކެއް ވަނީ ދީފަ އެެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އައިޓީ އެއާވޭސްގެ ފުރަތަމަ ފްލައިޓް، AZ776 އިން ރާއްޖެ އައި 290 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ވީއައިއޭ ޓާމިނަލް އެކަކުން އައިޓީއޭއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް
އައިޓީއޭ އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ ޑިސެމްބަރު 17، 2022ގަ އެވެ.
އައިޓީއޭ އެއާވޭސްއާ އެކު ޓާމިނަލް 1 އިން މިހާރު ދަނީ 35 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.