ENGLISH

21 ޑިސެމްބަރު 2025

Advertisement

ހއ. ދިއްދޫ ބަނދަރާއި ޖެޓީގެ 94 އިންސައްތަ މަސައްކަތް ނިމިއްޖެ

21 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ އެޅުމުގެ މަސައްކަތް. -- ފޮޓޯ: އެމްޓީސީސީ

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ އެޅުމުގެ މަސައްކަތުގެ 94 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. 

ދިއްދޫ ބަނދަރު އަދި ޖެޓީ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެކުންފުނިން ވަނީ އެކްސްގައި ހިއްސާކޮށްފައެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ޖެޓީ ޝަޓަރިން އަދި ބާރ ބެންޑިންގެ މަސައްކަތްތަކެވެ. މިއާއެކު މަސައްކަތުގެ 94 އިންސައްތަ ވަނީ ނިމިފައެވެ. 

ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ އެޅުމުގެ މަސައްކަތުގެ ދަށުން 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހާނެއެވެ. އަދި 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ސަރުކާރުން 94 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު