ENGLISH
21 ޑިސެމްބަރު 2025
އާރުޑީސީއިން ފެންފުށި، ކުނބުރުދޫ، މުލަކު އަދި މަޑިފުށީގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވަނީ
21 ޑިސެމްބަރު 2025
|
އާރުޑީސިއިން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުން -- ފޮޓޯ: އާރުޑީސީ
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އދ. ފެންފުށި، އދ. ކުނބުރުދޫ، މ. މުލަކު އަދި ތ. މަޑިފުށީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ވަނީ ތަރައްގީގެ އެތައް މަޝްރޫއުތަކެއް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އާރުޑީސީއާ ހަވާލުކޮށްފައެވެ.
މިގޮތުން އދ. ފެންފުށި، އދ. ކުނބުރުދޫ އަދި މ. މުލަކުގައި ގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތާއި، ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީއިން ދަނީ ކުރިއަށްގެންދަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ.
ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ އިތުރުން، ތަރައްޤީގެ އެކި ދާއިރާތަކުގެ ގިނަ މަޝްރޫޢޫތަކެއް އާރުޑީސީއިން އަންނަނީ ހިންގަމުންނެވެ.