ENGLISH

19 ޑިސެމްބަރު 2025

Advertisement

މަރުވެފައި އޮއްވާ ކަނޑުމަތިން ފެނުނީ ޗައިނާ ރައްޔިތެއް: ފުލުހުން

19 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް --

ގުޅިފަޅު ކައިރީނަ ކަނޑުމަތީން މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި މީހާ ކަނޑަށް ވެއްޓިފައިވަނީ  ޑިސެންބަރު 18 ވަނަ ދުވަހުގެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށެވެ.

އަދި މި މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން އެނގިފައިވާ ކަމަށެވެ.

ކޯސްޓްގާރޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ މެންދުރު 13:32 އެހައިކަންހާއިރު އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު