ENGLISH
04 ފެބްރުއަރީ 2026
ރާއްޖެ-އިންޑިއާ "ކޮންސިއުލަރ ޑައިލޮގް" ގެ ތިންވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފި
18 ޑިސެމްބަރު 2025
|
ރާއްޖެ-އިންޑިއާ "ކޮންސިއުލަރ ޑައިލޮގް" ގެ ތިންވަނަ މަޝްވަރާ ބައްދަލުވުން ބޭއްވުން --
އެންމެ މަޤްބޫލު
އިންޑިއާ – ދިވެހިރާއްޖެ އާއި ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ގެ ތިންވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއުދިއްލީގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު އަޒީމާ އެވެ. އަދި އިންޑިއާ އިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، ޑރ. ބިނޮއި ޖޯޖް އެވެ. އަދި، މި ބައްދަލުވުމުގައި ދިވެހިރާއްޖޭއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި، ޚާރިޖީ ވުޒާރާ އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
އިންޑިއާ އާއި ދިވެހިރާއްޖެ އާއި ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ޤާއިމްކުރެވުނީ ދެ ޤައުމުގެ ކޮންސިއުލަރ މައްސަލަތަކާ، ވިސާއާ ގުޅޭ ކަންތައްތަކުގެ އިތުރުން، ކޮންސިއުލަރ ކަންކަމުގެ ޤާނޫނީ އެހީ ދެފަރާތުން ހޯދުމަށް މަގުފަހިވާ ގޮތަށް، ކޮންސިއުލަރ އާ ގުޅޭ މަޝްވަރާތައް ކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރު އެވެ. މިގޮތުން، ކޮންސިއުލަރ ޑައިލޮގްގެ ދެވަނަ ބައްދަލުވުން ބޭއްވިފައި ވަނީ 2018 ވަނަ އަހަރު މާލޭގަ އެވެ.
މި ބައްދަލުވުމުގައި، ދެޤައުމުން ގުޅިގެން ކޮންސިއުލަރ އާއި ގުޅޭ ކަންތައްތައް ހައްލުކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތްތަކުގެ އިތުރުން، ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި، ދެ ޤައުމުން ވަނީ މި ޑައިލޮގް ބޭއްވުމުގެ މުހިއްމުކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން ފާހަގަކޮށްފަ އެވެ.