ENGLISH

04 ފެބްރުއަރީ 2026

Advertisement

ތޭވީސް ދަޢުވާ ސާބިތުވެ ޝިފާއު 109 އަހަރަށް ޖަލަށް

18 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހުސައިން ޝިފާއު --

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އުފުލި ދައުވާތައް ސާބިތުވެ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދަޢުވާ އަކާއި ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ހަތް ދަޢުވާ އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ހަތް ދަޢުވާ އުފުލާފަ އެވެ. އެއީ ޖުމްލަ 23 ދައުވާ އެވެ.

ކްރިމިނަލް ކޯޓްގައި މި މައްސަލަ ބެލުމަށް ފަހު ކޯޓުން ނިންމީ އޭނާގެ މައްޗަށް 23 ދަޢުވާ ވެސް ސާބިތުވާ ކަމަށެވެ. އަދި އެ ދައުވާތައް ސާބިތުވުމުން ޖުމްލަ 109 އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ޙުކުމްކޮށްފަ އެވެ.

މީގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ކޯޓްގެ ޙުކުމްގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު