ENGLISH

18 ޑިސެމްބަރު 2025

Advertisement

ފޮއްދޫ ފުލުހުންގެ އިދާރާގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް ނިމިއްޖެ

18 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ފޮއްދޫ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

ނ. ފޮއްދޫގައި ގާއިމްކުރާ ފުލުހުންގެ އިދާރާގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ޕޮލިސް އިމާރާތުގެ ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތުގެ އިތުރުން މަތީ ބެރީގެ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އިމާރާތުގެ ވަށާ ފާރުގެ މަސައްކަތް ކަމަށް ވެސް ބުންޏެވެ.

ފޮއްދޫ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ

ފޮއްދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މި އަހަރުގެ ޖުލައި މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޚާއްސަ ރަސްމިޔާތެއްގަ އެވެ.

ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފޮއްދޫގައި ހަލުވިކަމާއެކު އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒު ގާއިމްކުރުމާއި، ބަނދަރު ޒާމާނީ ފެންވަރަަށް ތަރައްޤީކުރުމުގެ އިތުރުން ފޮއްދޫ ސިއްހީ މަރުކަޒުގެ އިމާާރާތުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

މި ހަތަރު މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވަނީ، މި އަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު