ENGLISH

18 ޑިސެމްބަރު 2025

Advertisement

ރައީސްގެ ބައްދަލުވުންތަކުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ހާމަވޭ: ޝެއިޚް ޝަފީއު

18 ޑިސެމްބަރު 2025

|

އައިޝަތު ޝާލީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެތައް ގަޑިއިރެއް ވަންދެން ރައްޔިތުންގެ ޝަކުވާތައް އަޑު އެއްސެވުމަށް ފުރުސަތު ދެއްވުމަކީ ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް ޝެއިޚު ޝަފީއު އަބްދުالله ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއެއްސެވުމަށް ރައީސް ޑރ. މުޢިއްޒު މިހާރު ގެންދަވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. 

ދީނީ އިލްމުވެރިޔާ ޝަފީއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ގައުމުގައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ގައުމު ރަނގަޅު މިސްރާބަކަށް ގެންދަވަން ބޭނުންފުޅުވާކަން އަބަދުވެސް ފާހަކުރައްވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވަން އެތައް ގަޑިއިރެއް ވަންދެން އިންނަވައި، އެ ޝަކުވާތައް ނޯޓުކުރައްވައި އެކަންކަން ހައްލުކުރެއްވުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުން އެކަން ވަރަށް ބޮޑަށް ސާފުވެގެންދާކަމަށް ވެސް ޝެއިޚު ވިދާޅުވިއެވެ. 

ރައްޔިތުންގެ ޝަކުވާތައް ހާމަކުރުމަށް އެއްވެސް ހުރަހެއް ނާޅުއްވައި، ދެއްވާ ފުރުސަތުން ގައުމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިއަދު އޮތް މިންވަރު ހާމަވެގެންދާ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މިއީ ކަމަށް ޝެއިޚު ޝަފީއު ވިދާޅުވިއެވެ.

ޝެއިޚު ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ބުނެ މީހުންގެ އަބުރު ވެއްޔާ މޮޑެލުމަކީ ދީގެންވާނެ ފުރުސަތެއް ނޫންކަމަށާއި، އަބުރަކީ ގެފުޅަށް ވުރެ ބޮޑަށް ހުރުމަތްތެރިކުރައްވާފައިވާ އެއްޗެއްކަން ފާހަގަކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު