ENGLISH
19 ޑިސެމްބަރު 2025
ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
18 ޑިސެމްބަރު 2025
|
ގުޅިފަޅު ސަރަހައްދު
ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ އެ މައުލޫމާތު މިއަދު މެންދުރު 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަމަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ.
މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ބުނީ މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާ މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.