ENGLISH
18 ޑިސެމްބަރު 2025
މި މަހުގެ މިހާތަނަށް މަސްވެރިންނަށް 51.9 މިލިއަން ރުފިޔާ ދޫކޮށްފި
18 ޑިސެމްބަރު 2025
|
ދިވެހި މަސްވެރިންތަކެއް މަސްވެރިކަމުގަ. ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ޑިސެންބަރު މަހުގެ މިހާތަނަށް މަސްވެރިންނަށް 51.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އަންނަނީ ކޮންމެ ދުވަހަކު އެ ކުންފުނިން މަސްވެރިންނަށް ދޫކުރަމުންދާކަމަށް ފައިސާގެ ތަފްސީލުތައް މީޑިޔާއާ ހިއްސާކުރަމުންނެވެ.
އެގޮތުން، އެ ކުންފުނިން މީޑިޔާއާ ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް 51،926،206.67 (ފަންސާސް އެއްމިލިއަން ނުވަލައްކަ ސައްބީސް ހާސް ދުއިސައްތަ ހަ ރުފިޔާ، ފަސްދޮޅަސް ހަތްލާރި) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.
މި މަހު މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފްސީލު:
1 ޑިސެންބަރު: 2.3 މިލިއަން ރުފިޔާ
2 ޑިސެންބަރު: 2.6 މިލިއަން ރުފިޔާ
3 ޑިސެންބަރު: 2.5 މިލިއަން ރުފިޔާ
4 ޑިސެންބަރު: 3.8 މިލިއަން ރުފިޔާ
5 ޑިސެންބަރު: 4 މިލިއަން ރުފިޔާ
6 ޑިސެންބަރު: 5.6 މިލިއަން ރުފިޔާ
8 ޑިސެންބަރު: 3.5 މިލިއަން ރުފިޔާ
9 ޑިސެންބަރު: 2.7 މިލިއަން ރުފިޔާ
11 ޑިސެންބަރު: 3.9 މިލިއަން ރުފިޔާ
12 ޑިސެންބަރު: 2.9 މިލިއަން ރުފިޔާ
13 ޑިސެންބަރު: 6 މިލިއަން ރުފިޔާ
15 ޑިސެންބަރު: 4.2 މިލިއަން ރުފިޔާ
16 ޑިސެންބަރު: 4.3 މިލިއަން ރުފިޔާ
18 ޑިސެންބަރު: 2.6 މިލިއަން ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.