ENGLISH
18 ޑިސެމްބަރު 2025
ރަސްދޫ ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ
18 ޑިސެމްބަރު 2025
|
ރަސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރު ތޮށީގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ގޮނޑުދޮށަށް ފަސްއަޅާ ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރަސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ވެސް ރޭމްޕެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫއުގައި ހިމެނެ އެވެ.
މި މަޝްރޫއަކީ 80.44 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ގާތްގަނޑަކަށް 1،300 އެއްހާ އާބާދީއެއް ދިރިއުޅޭ ރަސްދޫއަކީ، ވަރަށް ހަލުވިކަމާއެކު ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުން އަންނަ ރަށެކެވެ. މި ރަށުގެ ބަނދަރު ކުޑަ ކަމުން އަރައިފައިބާ މީހުންނަށް ތަކުލީފުތަކަކާ ކުރިމަތިލާން ޖެހެ އެވެ.
އެހެންކަމުން މި މަޝްރޫޢު ނިމުމުން، އަރައި ފޭބުމުގައި ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއްލިބި ރަށަށް އިތުރު ތަރައްޤީއަކާ ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމުމުން، ރަށް ގިރުމުގެ ބިރުވެރިކަމުން އެރަށު ރައްޔިތުން ސަލާމަތްވާނެ އެވެ.