ENGLISH
18 ޑިސެމްބަރު 2025
އޮޅުވެލިފުށީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި
18 ޑިސެމްބަރު 2025
|
އޮޅުވެލިފުށީގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ޅ. އޮޅުވެލިފުށީގައި ގާއިމުކުރި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
އޮޅުވެލިފުށީ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. ވަޒީރު ރާފިޢުއާ އެކު ކުރެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ޝާމިން ހަބީބާއި އޮޅުވެލިފުށީ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ވޮލީބޯޅަ ކޯޓަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ކުރެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޝާމިން ހަބީބު އަދި އޮޅުވެލިފުށީގެ ކައުންސިލްގެ އެހީތެރިކަމާއެކު ތަރައްގީކުރި ކޯޓެކެވެ.
ޒަމާނީ ފެންވަރަށް ޓާފު އަޅައިގެން ތަރައްގީކުރި މި ވޮލީބޯޅަ ކޯޓަކީ ދުވާލާއި ރޭގަނޑުވެސް ބޭނުންކުރެވޭ ގޮތަށް، ލައިޓް ހަރުކޮށް، ފެންސް ޖަހައި، ވަށާފާރު ރާނާ ނިންމާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކޯޓެކެވެ.
ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒަމާނީ ފެންވަރަށް ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމެވެ.