ENGLISH

18 ޑިސެމްބަރު 2025

Advertisement

މާވަށު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކާމާއެކު ކުރިއަށް

18 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މާވަށު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްޓީސީސީ

ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު ފެށި މާވަށު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ޖޫން މަހު މާވަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މަޝްރޫއަކީ 240 ދުވަސްތެރޭ ނިންމާގޮތަށް 61.46 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އާބާދީގައި 2،200 މީހުން ދިރިއުޅޭ މާވަށު ރައްޔިތުންނަށް، ބިން ނެތިގެން ގޯތި ދޫނުކުރެވި އޮންނަތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މާވަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި، ރަށުން ގޯތި ދޫ ކުރުމަށާއި، ސިނާޢީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ތަނަވަސް ވެގެން ދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު