ENGLISH

17 ޑިސެމްބަރު 2025

Advertisement

ރައީސްގެ އެންގެވުމާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަން މިރޭ ފަށާނެ

17 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ފުލުހަކު މަގުމަތީ ހަރަކާތްތެރިވަނީ --

ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީންނާ ފުލުހުން ސުވާލުކޮށް، އެމީހުން ކުރާ ކަންކަން ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންގެވުމާއި ގުޅިގެން ފުލުހުންގެ ޚާއްސަ މަސައްކަތްތަކެއް މިރޭ ފަށާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ދިވެހި ފުލުހުންެގެ ޚިދުމަތުން މިރޭ ބުނީ މިރެއިން ފެށިގެން ކޮންމެ ރެއަކު 00:00 އިން ހެނދުނު 06:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާނެ ކަމަށާ މި މަސައްލަތް މާލެއާ ހުޅުމާާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި މަސައްކަތުގެ ދަށުން ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށާ ޚާއްސަކޮށް މާލެއާ ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި އެ މީހުން ރާއްޖޭގައި ދިރިއުޅެނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މިގޮތަށް ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާއިމެދު ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް އެފަދަ މީހުން މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރައީސް މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި މާލޭގައި ދަންވަރު ބިދޭސީން އުޅޭ ގޮތްގަޮތުގެ ސަބަބުން އެކިކަހަލަ އުދަގޫތައް ކުރިމަތިވާކަމަށް ބައެއް މީހުން ފާހަގަކޮށްފަައިވެއެވެ. އެގޮތުން ބިދޭސީން މަގުމަތީ އަޑުގަދަކުރުމާއި ގުރޫޕު ހަދައިގެން އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގަމުންދާ ކަމުގައި ބައެއް މީހުން ފާހަގަކުރިއެވެ. 

އެކަންކަމާ ގުޅިގެން އެކްސްގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑު ދަންވަރު ވަގުތުތަކުގައި ރަށު ތެރޭގައި އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކޮށް، އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅެމުންދާ ކަމަށެވެ. 

އަދި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މެންދަމު 12:00 އިން ފެށިގެން ހެނދުނު 06:00 އާ ހަމައަށް އާއްމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް، ފާހަގަކުރެވޭ ގާނޫނީ ގޮތުން ފިޔަވަޅުއަޅަންޖެހޭ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާ އެހެނިހެން އިދާރާތަަކަަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު