ENGLISH
17 ޑިސެމްބަރު 2025
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާ، ރައީސުލްޖުމުހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
17 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރުދާރު ޢަޔާޒް ޞާދިޤާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދިވެހި ރާއްޖެއާއި ޕާކިސްތާނުގެ ޒަމާންވީ، ބަދަހި ގުޅުމަށް މަރުޙަބާ ވިދާޅުވެ، އެގުޅުން ކުރިއަށް އޮތްތަނުގައިވެސް، އެގޮތުގައި ދެމެހެއްޓުމަށް ޕާކިސްތާނުން ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކުން ވިލުންތެރި ކަމާއެކު، ދެޤައުމަށް ފައިދާ ކުރަނިވި ގޮތެއްގައި، ރައްކާތެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މީގެ އިތުރަށް ފަތުރުވެރިކަމާ، މަތީ ތަޢުލީމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
މި ބައަދަލުވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެއް ޤައުމުން އަނެއް ޤައުމަށް ފައިދާހުރި ކަންކަމުގައި، އެހީތެރިވެ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.