ENGLISH
17 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބު: ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް ފިރުޒުލް
17 ޑިސެމްބަރު 2025
|
މުޙައްމަދު ފިރުޒުލް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީގެ ތަރުޖަމާނަކަށް މުޙައްމަދު ފިރުޒުލް ހަމަޖައްސަވައިފި އެވެ.
ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާޙު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ތަރުޖަމާނަށް ފިރުޒުލް ހަމަޖައްސަވާފައިވާ ކަމަށެވެ.
ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.