ENGLISH

17 ޑިސެމްބަރު 2025

Advertisement

އުކުޅަހުން ރަޝިޔާގެ ފަތުރުވެރިއަކު ގެއްލިއްޖެ

17 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ގެއްލިފައިވާ ފަތުރުވެރިޔާ

އއ. އުކުޅަހުން ރަޝިޔާގެ ފަތުރުވެރިއަކު ގެއްލިއްޖެ އެވެ.

އުކުޅަހު ކައުންސިލުން ބުނީ ގެއްލިގެން ހޯދަމުންދަނީ ލަ ޕަލްމާ ސޫޓްސް ގެސްޓް ހައުސްގައި ހުރި ރަޝިޔާއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ.

އެ މީހާ ޗުއްޓީ ނިންމާލުމަށް ފަހު މިއަދު ހެނދުނު ފުރަން އޮތް ނަމަވެސް އޭނާ ފުރާފައިނުވާ ކަމަށާ އަދި އޭނާއަށް ވީގޮތެއް މިހާތަނަށް ނޭންގޭ ކަމަށްވެސް ބުންޏެވެ. ނަމަވެސް އޭނާ ގެންގުޅުނު ސާމާނާއި މޯބައިލް ފޯނުވެސް ކޮޓަރީގައި އޮތް ކަމަށް ކައުންސިލުން ބުނެ އެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަން ކަމާބެހޭ އިދާރާތަކަށް ހުށައަޅާފައިވާ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު