ENGLISH

17 ޑިސެމްބަރު 2025

Advertisement

މުލީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

17 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މުލީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

މ. މުލީގައި ސަރުކާރުން އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ ސެންޓަރުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތާއި ރޫފް ބީމްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި ސަރުކާރުން އަންނަނީ ފިޓްނަސް ސެންޓަރުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މުލީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

މުލީ ފިޓްނަސް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަަވާލުކޮށްފައިވަނީ މާރިޗް 29، 2025ގަ އެވެ. މި މަޝްރޫއަށް 4.6 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.

މިފަދަ ސެންޓަރުތަކުގެ ބޭނުމަކީ، ދިވެހިންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ އެކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުން ކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު