ENGLISH
04 ފެބްރުއަރީ 2026
މޮނިއުމެންޓުގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް: ފަތުވާ މަޖިލިސް
17 ޑިސެމްބަރު 2025
|
ފަތުވާ މަހާސިންތާގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
ދިރޭ ތަކެތީގެ ސޫރައިގަ މޮނިއުމެންޓު ބެހެއްޓުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއް ކަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.
ފަތުވާ މަޖިލީހުން މިފަދައިން ފަތުވާއެއް ދީފައިވަނީ ދިރޭ ތަކެތީގެ ސޫރަ ފެންނަ ގޮތަށް މޮނިއުމެންޓު ބެހެއްޓުމާ ގުޅޭ ގޮތުން އާއްމު ފަރާތަކުން ހުށަހެޅި ސުވާލަކަށް ޖަވާބުދެމުންނެވެ. އެ މައްސަލާގައި ފަތުވާ މަޖިލީހުން ތަފުސީލީ ފަތުވާއެއް ނެރުނީ އިއްޔެއެވެ.
ފަތުވާގައި ބުނެފައިވަނީ ދިރޭ ތަކެތީގެ މޮނިއުމެންޓު ބެހެއްޓުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫން ކަމުގެ މައްޗަށް ދަލީލުކުރާ އެންމެ އަލިގަދަ ހެއްކަކީ ސަލާމާއި ޞަލަވާތް ލެއްވުނު ރަސޫލާ މައްކާ ފަތަހަކުރެއްވުމަށްފަހު، މަނާތާއި އުއްޒާއާއި ލާތު ފަދަ ބުދުތައް ނައްތައިލުމަށް ޞަހާބީން ފޮނުއްވުމާއި، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު، އެކަމަށް ސަހާބީ ދެއްވި އަހައްމިއްޔަތު ކަމަށެވެ.
"ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ސާލިހު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި އިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން. އެކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުއާ ވެސް ކުރެއްވި،" ފަތުވާގައި އިތުރަށް ބުނެފައިވެއެވެ.
އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީސް ބަސްފުޅުން ގިޔާމަތް ކައިރިވާން ފެށުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެކަން އެނގޭކަން ފާހަގަކޮށް ފަތުވާގައި ބުނެފައިވަނީ ޝިރުކަށް މަގުފަހިވެދާނެ އެއްވެސްް ކަމެއް ހުއްދަނުވާނެ ކަމަށެވެ.
ބުދު ހެދުމާއި ބެހެއްޓުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމުގައި ފާހަގަކޮށް ފަތުވާގައި ބަޔާންކޮށްފައިވަނީ ބުދު ބެހެއްޓުމުގައި މަލާއިކާތުންގެ ބަރަކާތުން މަހުރޫމުވުމުގެ އިތުރަށް ޝިރުކަށް މަގުފަހިވމާއި ﷲގެ ހަލްގުކުރެއްވުމާ އެއްފަދަވުން ހިމެނޭ ކަމަށެވެ.