ENGLISH

04 ފެބްރުއަރީ 2026

Advertisement

ހަފްތާއެއްގެ ތެރޭގައި 52 މަސާޖު ޕާލާ ބަންދުކޮށްފި: ރައީސް

16 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަނީ --

މޯލްޑިވްސް އިމިގްރޭޝަން އާއި ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރު ހިނގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް 52 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަލޮޅު ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލްވުމުން ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި އޮތް އިޖްތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސާޖުޕާލާތައް ހަދާ ހިންގަމުންދާ ކަންކަން ކަަމަށެވެ.

އެފަދަ ތަންތަން ހުއްޓުވުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އިތުރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ކުޑަ ދުވަސްކޮޅު ކުރެވުނު މަސައްކަތުން 52 މަސާޖު ޕާލާ ބަންދުވެއްޖެ. 52 ތަނުގެ ތެރެއިން 24 ތަން, އެ އޮޕަރޭޝަންގެ ތެރެއިން ގޮސް ވަދެ ފާހަގަވެފައިވާ ކަންކަމަށް ބަލާ އޮންނަ އުސޫލުގެ ތެރެއިން ބަންދުކުރީ އެ ޓީމުން,"

ރައީސް ވިދާޅުވީ އެ މަަސައްކަތް ފުޅާކޮށް އޮޕަރޭޝަން ހިންގަން ފެށުމުން އަމިއްލައަށް ބަންދުކޮށްފައިވާ 28 ތަނެއްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ރައީސް ވަނީ ރައްޔިތުން ދެއްވި ޚިޔާލާއެކު ފެއްޓެވި މި މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަ ކުރައްވާ ހުއްޓާނުލައްވާ އެ އޮޕަރޭޝަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ތަންތަނުން ނެގޭ ނުޤަވާއިދަށް އުޅޭ ބިދޭސީން ފޮނުވާލަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ މުޖްތަމައުގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުން ދެއްވާ ޚިޔާލާ މަޝްވަރާާގެ އަލީގައި ސަރުކާރުން ވަރަށް އީޖާބީ ގޮތެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު