ENGLISH
17 ޑިސެމްބަރު 2025
އަޒްމީލްގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި
16 ޑިސެމްބަރު 2025
|
އަޙްމަދު އަޒްމީލް (43އ)
ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗު ގިޔަރަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާގައި ނިޔާވި އަޙްމަދު އަޒްމީލް (43އ) ގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ސްޓެލްކޯގައި ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި އަޙްމަދު އަޒްމީލް ނިޔާވީ ބެންކޮކްގައި އިތުރު ފަރުވާދެމުންދަނިކޮށެވެ.
އަޒްމީލްގެ ހަށިގަނޑު މާލެ ގެނައީ މިއަދު އެވެ. އަދި އާއިލާ އިން ވަނީ އަޒްމީލްގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޖަނާޒާ އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.