ENGLISH
17 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ
16 ޑިސެމްބަރު 2025
|
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއު ކުރިއަށްދަނީ--ފޮޓޯ:އެމްއޭސީއެލް
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއުގެ ދެބައިކުޅަ އެއްބައި ހިއްކައި ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ބުނެފި އެެވެ.
އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނީ ހުޅުމާލެ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 31.5 ހެކްޓަރު ހިއްކައި ނިމިފައިވާ ކަމަށާއި އަދި ބިން ހިއްކުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.
އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ހުޅުމާޅޭ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް ހިއްކުން އަވަސްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމަބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ބިންހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ދެ ޑްރެޖަރުން ދުވާލަކު ތިން ބުރު ޖަހަ އެވެ. ކޮންމެ ބޯޓަކުން ދުވާލަކު 63،000 ސީބީއެމްގެ ވެލި އަޅާނެ އެވެ. ދެ ބޯޓުން 126،000 ސީބީއެލްގެ ވެލި އަޅާނެ އެވެ.
ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ނިމުމުން، ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ވެސް ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރަސްމާލޭން ހިއްކާ 1،100 ހެކްޓަރުގެ ބިން ހިއްކުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ހުޅުމާލެ ފޭސް 3 ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރު އެެވެ. އެހެންނަމަވެސް ދިމާވި ބައެއް ސަބަބުތަކަށްޓަކައި މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، މި މަސައްކަތް އަލުން އެމްއޭސީއެލް އިން ފަށާފައި މިވަނީ މިއަހަރުގެ ނޮވެބަރުމަހުގެ 10 ވަނަ ދުވަހު އެވެ.