ENGLISH
17 ޑިސެމްބަރު 2025
އިމިގްރޭޝަން އޮޕަރޭޝަން: އިތުރު ފަސް ސްޕާއެއް ބަންދުކޮށްފި
16 ޑިސެމްބަރު 2025
|
އިމިގްރޭޝަންގެ އޮޕަރޭޝަން --
ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަން އިން ހިންގަމުންދާ އޮޕަރޭޝަންގައި އިތުރު ތަންތަން ބަންދުކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ކަމާގުޅޭ ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިއަ 17 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެތެރެއިން ފަސް ތަނެއް ވަނީ ބަންދު ކޮށްފަ އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓްކޮށްލުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން 8،609 މީހުން މިދިޔަ ދެ އަހަރު ތެރޭގައި ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.