ENGLISH

16 ޑިސެމްބަރު 2025

Advertisement

ދޯންޏެއް ދިޔަވެ ކަނޑުވި 68 އަހަރުގެ މީހަކު ސަލާމަތް ކޮށްފި

16 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ކަނޑުމަތީ ސިފައިންގެ ކޯސްޓްގާޑް ހަރަކާތްތެރިވަނީ --

ދޯންޏެއް ދިޔަވެ ކަނޑުވި 68 އަހަރުގެ މީހަކު ސަލާމަތް ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:50 އެހާކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށާ މި މީހާއަކީ 68 އަހަރުގެ ފިރިހެނެއް ކަމަށް ބުންޏެވެ. އެ މީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ވަނީ ގެންގޮސްފައި ކަމަށާ މީހާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލިބެލުމުން އެ މީހާ ދަތުރުކޮށްފައިވަނީ އެކަނިކަން އެނގިފައިވާ ކަމަށާ އަދި އެދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު