ENGLISH
16 ޑިސެމްބަރު 2025
ރައީސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން: ފުރަތަމަ ބައްދަލުވުން ޚާއްޞަކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް
16 ޑިސެމްބަރު 2025
|
ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން މާދަމާ ރޭ ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ޚާއްސަކުރުމަށް ނިންމައިފި އެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްފައިވާ ފުރަތަމަ ބައްދަލުވުން އޮންނާނީ މާދަމާރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދަޢުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ސަރުކާރުން ވަނީ ދީފައެވެ.
މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެކެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަނީ ސިލްސިލާ ބައްދަލްވުންތަކެއް ބާއްވަވަމުންނެވެ. މާލޭގެ އަވަށްތަކުގެ ތެރެއިން ރައީސް މިހާތަނަށް ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޮޅިގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ. ގަލޮޅުގެ ރައްޔިތުންނާ ރައީސް މިރޭ ބައްދަލު ކުރައްވާނެ އެވެ. މި ބައްދަލުކުރެއްވުން އޮންނާނީ އިމާދުއްދީން ސްކޫލްގަ އެވެ. ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ރެ އެެވެ.
ރައީސް ވަނީ ދެ އަހަރު ނުވަނީސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރައްވާފަ އެވެ.