ENGLISH

16 ޑިސެމްބަރު 2025

Advertisement

ސްރީލަންކާގައި އައިޑީ ކާޑުގެ ޚިދުމަތް ފަށައިފި

16 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ލަންކާގައި އައިޑީ ކާޑްގެ ހިދުމަތް ފެށުން

ސްރީލަންކާގައި އައިޑީ ކާޑު ހަދައި ދިނުމުގެ ހިދުމަތް ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށާއި އަދި މިކަމުގެ ސަބަބުން ލަންކާގައި އުޅޭ ދިވެހިންނަށް، އައިޑީ ކާޑު ލިބުން ފަސޭހަވެ އަވަސްވެގެން ދާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ އަަވައްޓެރި އެއް ގައުމު ކަމަށްވާ ލަންކާ އަކީ މި ހިދުމަތް ފެށި ދެވަނަ ގައުމެވެ. ދިވެހި އައިޑީ ކާޑު ހަދައި ދިނުމުގެ ހިދުމަށް އެންމެ ފުރަތަމަ ފަށާފައި ވަނީ މެލޭޝިއާގަ އެވެ.

ދިވެހިން ގިނައިން ދިރިއުޅޭ އެހެން ގައުމުތަކުގައި ވެސް ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތާއި އިންޑިއާގައި މި ހިދުމަތް ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެޑިޕާޓްމެންޓުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް މިހާރު ވަނީ ފަށައިފަ އެވެ. މި ޚިދުމަތް ވަނީ ކަނޑައެޅި ތާރީޚަށް ވުރެ ތިން މަސް ދުވަސް ކުރިން ފުރިހަމަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު