ENGLISH

15 ޑިސެމްބަރު 2025

Advertisement

ބްރިޖުގެ މަރާމާތަށް މިރޭ 11:45 ގައި ބްރިޖުން ބައެއް ބަންދު ކުރަނީ

15 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭ ބަންދު ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު އަންގައިދޭ ކުރެހުމެއް --

ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުން ބައެއް މިރޭ ބަންދު ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނީ ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެކަމާއި ގުޅޭ ކުރެހުމެެއް ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައިވާ ސިނަމާލެ ބްރިޖްގެ މަރާމާތަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.

ކިޔުންތެރިންގެ ހިޔާލު